ads
ކްރިސްޓިއާނޯ ރޮނާލްޑޯ
މި އަހަރު ރޮނާލްޑޯގެ 50 ވަނަ ލަނޑު ޖަހައިފި
މި ހިނގާ 2023 ވަނަ އަހަރުގެ 50 ވަނަ ލަނޑު ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ ޖަހައިފިއެވެ.

ރޮނާލްޑޯގެ މި އަހަރުގެ50 ވަނަ ލަނޑަކީ، ރޭ ސައުދީ ކިންގް ކަޕްގައި އަލް ޝަބާބް ކޮޅަށް ރޮނާލްޑޯ ޖެހި ލަނޑެވެ. މި މެޗުން ރޮނާލްޑޯގެ ޓީމު މޮޅުވީ ފަސް ލަނޑު ދެ ލަނޑުގެ ބޮޑު ތަފާތަކުންނެވެ. 

މި އަހަރުގެ 50 ވަނަ ލަނޑު ރޭ ޖެހިއިރު، މި ސީޒަންގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދަކީ މިހާރު 26 އެވެ. އޭގެ ތެރެއިން 16 ލަނޑަކީ ސައުދީ ޕްރޯލީގުގެ 15 މެޗުގައި ޖެހި ލަނޑެވެ. 

މި އަހަރު މިހާތަނަށް 50 ލަނޑު ޖަހާފައިވާއިރު، މީގެ ތިން ދުވަސް ކުރިން ރޮނާލްޑޯވަނީ އޭނާގެ ކެރިއަރުގެ ޕްރޮފެޝަނަލް 1200 ވަނަ މެޗު ކުޅެފައެވެ. އެ މެޗުގައިވެސް ރޮނާލްޑޯ ލަނޑެއް ޖެހިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް