ads
ރައްޔިތުންނަކީ އެއްބައެއް: ޗީފް އޮފް ޑިފެންސް ފޯސް
ދިވެހި ރައްޔިތުންނަކީ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އަބަދުވެސް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ދިވެހި ރައްޔިތުންނަކީ އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު އަބަދުވެސް އޮތުމަކީ ވަރަށް މުހިންމުކަމެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް 2004 ވަނައަހަރު އެރި ސުނާމީ ކާރިސާއާއި ގުޅިގެން ސިފައިން އާންމު ކުރި އެ މުއައްސަސާގެ ޗީފްގެ އިންޓަވިއުގައި އޭނާ ވިދާޅުވީ އެ ކާރިސާއަކީ ފަހުގެ ތާރީހެއްގައި ދިވެހިރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި ކާރިސާކަމަށެވެ.

"އެތައް ބަޔަކު ނިކަމެތިވެގެން ގޮސް އެތައް ބައެއްގެ ގެދޮރު ނެތިގެން ގޮސް އެތައް ދިވެހިންނެއް ނިއާވެގެން ދިޔަ ދުވަހެއް. މާތް ﷲ ގެ ރަހުމަތް ފުޅާއެކު އެ ދުވަހު އެންމެ ކުރީ ސަފުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު. ހެލިކޮޕްޓަރުގައި ނައްޓާލައިގެން އެކި ރަށްރަށަށް ޖައްސަމުން ގޮސް މިސާލަކަށް ކޮޅުފުށިކަހަލަ ތަންތަނަށް ތިމަރަފުށިކަހަލަ ވިލުފުށިކަހަލ ތަންތަނަށް ވަރަށް ހާލުގަ މީހުން ތިބި މަންޒަރު ފެނުނު. އަޅުގަނޑުމެންނަށް ފެނުނު ކުޑަކުޑަ ކުދިން އަތައް ލާގެން ގޮތް ހުސްވެފަ މީހުން ތިބި މަންޒަރު،" ޝަމާލް އެ ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެދުވަހު ދިވެހި ސިފައިން މަސައްކަތް ކުރަމުން ދިޔައީ، އިންޑިއާ ޕާކިސްތާނު ބަނގުލަދޭޝް އަދި އެމެރިކާ ފަދަ ގައުމުތަކުގެ ސިފައިންނައި ވެސް ގުޅިގެން ކަމަށެވެ.

"ސައުވީސް ގަޑީރު އަޅުގަނޑު މަސައްކަތް ކުރީ ފީލްޑުގަ އެދުވަ. އަޅުގަނޑު އެކަންޏެއް ނޫން ހުރިހާ ލެވަލެއްގެ ސިފައިން ރައްޔިތުންނާ ވަރަށްކައިރިން ހިދުމަތް ފޯރުކޮށްދޭން މަސައްކަތްކުރަމުން ގެންދިޔައީ،"

ޝަމާލް ވިދާޅުވީ މީގެ 15 އަހަރު ކުރިއާއި އަޅައި ބަލާއިރު ސިފައިން އޮޕަރޭޝަނަލް ސްޓްރަކްޗާއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގަ ގައުމީ ސަލާމަތައްވިޔަސް އަދި ގައުމުގެ ރައްކާތެރިކަމާ އަދި މިފަދަ ގުދުރަތީ ކާރިސާއަކަށް ވިއަސް އަޅުގަނޑުމެން ރައްޔިތުންނަކީ އެއްބައެއް. އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ އެރޫހު އޮތުން ވަރަށް މުހިންމުކަމަށް އަޅުގަނޑު ދެކެން،" ޝަމާލް ވިދާޅުވިއެވެ.

މި ކާރިސާގައި ރާއްޖޭގެ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރުކޮށްފައިވެ އެވެ.

މީގެ ތެރެއިން 4 ރަށް އެއްގޮތަކަށްވެސް ދިރިނޫޅެވޭ ވަރަށް ހަލާކުވެ ގޮސްފައިވެ އެވެ. އެއީ، ރ. ކަނދޮޅުދޫ، ތ. ވިލުފުށި، ދ. ގެމެންދޫ އަދި މ.މަޑިފުށްޓެވެ. އަދި މީގެ އިތުރުން 23 ރަށަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ސުނާމީގެ ކާރިސާގައި ދިވެހިންގެ 82 މީހަކު ވަނީ މަރުވެފަ އެެވެ. ވީނުވީ ގޮތެއް ނޭގި 26 މީހަކު ގެއްލުނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 13000 އަށް ވުރެ ގިނަ ގެ ސުންނާފަތިވި އެެވެ.

ބައެއް ރަށްރަށުން ވަގުތީގޮތުން މީހުން ބާލަން ވެސް ޖެހުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް