ads
އުޝާމް އަދި މުއިއްޒު
ކުރީ ސަރުކާރުން ވަކިކުރި އޮފިސަރުންގެ މައްސަލައިގައި އަދި ގޮތެއް ނުނިމޭ
ޕޮލިސް ބޯޑުން ދިން ލަފަޔަކާ ހަވާލާދީ ވަޒީފާއިން ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލައިގެ އިސްތިއުނާފް ކުރިއަށް ނުގެންދަން ޕޮލިސް ބޯޑުން ނިންމިޔަސް، އެ މައްސަލަ އަނބުރާ ގެންދިއުމާ މެދު އެޓާނީ ޖެނެރަލްގެ އޮފީހުން ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
Advertisement

ވަޒީފާއިން ވަކިކުރި ފުލުހުންގެ އޮފިސަރުންގެ މައްސަލަ އަނބުރާ ގެންދިއުމާ މެދު އެޓާނީ ޖެނެރަލްގެ އޮފީހުން ގޮތެއް ނުނިންމާ ކަމަށް އެ އޮފީހުން ބުނީ ހައިކޯޓުގައި މިއަދު އޮތް އެ މައްސަލައިގެ އަޑު އެހުމުގައެވެ.

ޕޮލިސް ބޯޑުގެ ލަފައާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ. އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކުރި މައްސަލަ ކުރީގެ ސަރުކާރުގައި އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ވަކީލުން ވިދާޅުވީ އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅީ ފުލުހުންގެ ފަރާތުން އެދިގެން ނޫން ކަމަށް ފުލުހުން ބުނާއިރު އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ޕޮލިސް ބޯޑުން އަންގާފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ ޖެނުއަރީ މަހު ޕޮލިސް ބޯޑުން ދިން ލަފާގެ މަތިން އަދި އެޓާނީ ޖެނެރަލްގެ އޮފީހުގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. ޕޮލިސް ބޯޑުން އެ މައްސަލަ އަނބުރާ ގެންދަން މިހާރު ބޭނުންވާއިރު، އެކަމާ މެދު ގޮތެއް ނިންމާފައިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެކަމާ މެދު ގޮތެއް ނުނިންމާ ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރަން ހައި ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރު ބާތިލްކުރަން ޖަމްޝީދާއި އަހުމަދު މުހައްމަދުގެ ފަރާތުން ހައި ކޯޓުގައި އެދުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް