ads
އިމާރާތެއް ހަދަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
އިމާރާތް ކުރާ ތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވަމުން އަންނަ މިދަނޑިވަޅުގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލުއެއް ދިނުމުގެ ގޮތުން އެތެރެކުރާ އެތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ހަދައިފި އެވެ.
Advertisement

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި މީހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭ ގިނަ ގައުމުތަކުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައި ކަމަށާއި އަދި ދަތުރުފަތުރާއި އެހެނިހެން ގިނަ ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ޢިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ކަމަށެވެ. 

އެގޮތުން މި ހާލަތާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް، "އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވައިދު" ދަށުން މިހާރު ދޫކުރަމުންދާ މެޓީރިއަލް އެޕްރޫވަލް ހުއްދަ ދޫކުރުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އިއްޔެއިން ފެށިގެން އަންނަ މެއި މަހުގެ 24 ގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރާ، "އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވައިދު" ގައި ބަޔާންކުރާ ތަކެއްޗަށް ހުއްދައަށް އެދޭއިރު އެތެރެކުރާ އެތަކެތީގެ ފެންވަރު އަންގައިދޭ ފަންނީ ލިޔެކިޔުންތައް ހުށަހަޅަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. 

މިނިސްޓްރީން ބުނީ މިގޮތަށް ފޯމު ހުށަހެޅުއްވުމުން އެލިޔެކިޔުންތަކަށް ބަލައި ތަކެތި އެތެރެކުރަން ވަގުތީ ހުއްދައެއް ދޫކުރާނެ ކަމަށެވެ.

އެ މުއްދަތުގައި އެކަމަށް އެދޭއިރު ލިޔެކިޔުންތައް ހުށަނޭޅި ނަމަވެސް 24 މެއިގެ ކުރިން މި ލިޔުންތައް ވެސް ހުށަހަޅަން ޖެހެ އެވެ.  ފަންނީ ލިޔެކިޔުންތައް ފިޔަވައި އެހެނިހެން ލިޔެކިޔުންތައް ހުއްދައަށް އެދި ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް