ads
ޒްލަޓާން އިބްރޮހޮމޮވިޗް
އޭސީ މިލާންގެ އެޑްވައިޒަރަކަށް ޒްލަޓާން
ތަޖުރިބާކާރު ފޯވާޑު، ސްވިޑްންގެ ޒްލަޓާން އިބްރޮހޮމޮވިކް އޭސީ މިލާންގެ މެނޭޖްމަންޓްގެ އެޑްވައިޒަރެއްގެ ގޮތުގައި އެ ކްލަބުން ހަމަ ޖައްސައިފިއެވެ.

މިދިޔަ ސީޒަނަށް ފަހު ކުޅުން ހުއްޓާލި، އުމުރުން 41 އަހަރުގެ ޒްލަޓާންގެ ކާމިޔާބު ކެރިއަރު އޭނާ ނިންމާލީވެސް އޭސީ މިލާންގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އެކަމަކު ކެރިއަރުގެ ފަހުބައިގައި ގިނަ ދުވަސްތަކެއް އަނިޔާގެ ސަބަބުން އޭނާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

މިލާނުން ބުނީ އިބްރަހިމޮވިޗްގެ އާ ރޯލުގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ކުޅުންތެރިންގެ ޑިވެލޮޕްމަންޓާއި ހައި ޕާފޯމަންސް ޓްރެއިނިން އަދި މިލާންގެ ބްރާންޑް ފުޅާކޮށް، ވިޔަފާރި ކުރިއެރުވުން ހިމެނޭނެ ކަމަށެވެ. މިލާންއާ ދެ ވަނަ ފަހަރަށް ގުޅުމަށް ފަހު، އެ ޓީމާ އެކު އިބްރަހިމޮވިޗް ވަނީ 2022 ވަނަ އަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.

ސްވިޑެންގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އިބްރަހޮމޮވިޗް ވަނީ އޭނާގެ ކެރިއަރުގައި މިލާންގެ އިތުރުން އިންޓަ މިލާނާއި ޔުވެންޓަސް އާއި ޕީއެސްޖީ އާއި ބާސެލޯނާ އަދި މެންޗެސްޓާ ޔުނައިޓަޑަށް ކުޅެފަ އެވެ. އަދި އޭގެ އިތުރުން އެމެރިކާގެ އެލްއޭ ގެލެކްސީއަށްވެސް ޒްލަޓާން ކުޅުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް