ads
ރައްޔިތުންގެ މަޖިލިސް ތަޅުން
ބަޖެޓު ބަހުސް ނިންމާލައިފި، ވޯޓަށް އަހާނީ ބުދަ ދުވަހު
ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްކޮށް ނިންމާލައިފި އެވެ.
Advertisement

މިއަދުގެ ވޯޓުގެ ވަގުތުގައި ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ ޖަލްސާގެ ވަގުތު އިތުރުކުރަން ވޯޓަކަށް އަހާފަ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ބަހުސްގެ ޖަލްސާގެ ވަގުތު ދިގު ދަންމައިލަން ފާސްކުރީ އެ ވޯޓުގެ ބައިވެރިވި 44 މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީ ރިޕޯޓަށް 44 މެމްބަރުން ބަހުސްކުރައްވާފައިވާއިރު، އަންނަ މާދަމާގެ ވޯޓު ގަޑީގައި ބަޖެޓް ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެޓަށް، ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ 306 މިލިއަން އިތުރު ކުރުމަށް ފަހު، ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް، މަޖިލިހުގެ ތަޅުމަށް ފޮނުވާފަ އެވެ. އަދި އިއްޔެގެ ޖަލްސާގައި ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މަޖިލިހަށް އިއްވައި، ބަހުސް ކުރުމަށް މެންބަރުންނަށް ފުރުސަތު ހުޅުވާލި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އަންނަ އަހަރަށް ބަޖެޓުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމުގައިވާ ފުށިދިއްގަރު ފަޅު ހިއްކުމަށް ހިމަނާފައި އޮތް 400 މިލިއަން ރުފިޔާއިން 10 މިލިއަން، ބަޖެޓު ކޮމެޓީން އުނިކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލިހުން މިދިޔަ އަހަރު ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް