ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާގައި އަލް ނަސްރާ، އިންޓަމިޔާމީ ކުޅޭ މެޗަކީ، ތިން ޓީމުގެ ރައުންޑް ރޮބިން މުބާރާތެއްގައި ކުޅެވޭ މެޗެކެވެ. މިއީ ރިޔާޒް ސީޒަން ކަޕެވެ. މި ކަޕުގައި ދެން ކުޅޭނީ އަލް ހިލާލްއެވެ.
ޖެނުއަރީ 29 ވަނަ ދުވަހު ރިޔާޒުގެ ކިންގްޑަމް އެރީނާގައި އަލް ހިލާލްއާ ދެކޮޅަށް މިއާމީ ނުކުންނައިރު، ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އަލް ނަސްރުއާ ދެކޮޅަށް އިންޓަމިޔާމީ ނުކުންނާނެ އެވެ.