ads
ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ނިލަންދޫ އެއާޕޯޓާ މެދު ދޮންބިލެއް ސުވާލު އުފައްދަވައިފި
ފ. އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އަޅަން ބަޖެޓު ކުރުމުން، އެކަމާ މެދު ފ. ބިލެއްދޫ ދާއިރާގެ މެންބަރު ދޮންބިލެއް އަހުމަދު ހަލީމް ސުވާލު އުފައްދަވައިފި އެވެ.
Advertisement

ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް ނިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމަށް ބަޖެޓު ކުރުމާ މެދު ސުވާލު އުފައްދަވާފައި ވަނީ މަޖިލިހުގެ ބަޖެޓު ބަހުސްގަ އެވެ. ބިލެއްދޫ ދާއިރާގެ މެންބަރު ތަމްސީލު ކުރައްވާ ތިން ރަށުގެ ތެރެއިން، މަގޫދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށިގެން މިހާރު ވަނީ ބޮޑު ބައި ނިމިފަ އެވެ. މަގޫދޫއަކީ ނިލަންދޫ އާ 15 ވަރަކަށް މިނިޓު ދުރުގައި އޮންނަ ރަށެކެވެ.

މަޖިލިހުގައި ވާހަކަ ދައްކަވަމުން އަހުމަދު ހަލީމް ވަނީ، ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބިން ހިއްކުމަށް ބަޖެޓުކޮށްފައި ވާތީ، އެކަމަކީ އިހުލާސްތެރިކަމާ އެކު ކޮށްފައިވާ ކަމެއްތޯ ސުވާލު އުފައްދަވާފަ އެވެ.

"މަގޫދޫގައި އެއާޕޯޓުގެ 70 އިންސައްތަ އަޅާފައި އޮއްވާ އެކަން ނުނިންމާ އަނެއްކާވެސް ފަސް މިނެޓުން ދެވޭ އަނެއް ރަށުގައި 40 މިލިއަން، ނިލަންދޫގައި ވޯޓަށްޓަކައި އެއާޕޯޓެއް ޖަހާފައި ހިމަނާފައި އެބައޮތް. އެހެންވީމަ މިހިރަ ކަންކަން ކުރީމާ ފުށިދިއްގަރުގެ ކަމަކީ ވެސް އިހްލާސްތެރިކަމާ އެކީ ކުރި ކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނޭ،" - ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވާއިރު، އެ ބަޖެޓުގައި ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް 20 މިލިއަން ބަޖެޓުކޮށްފައިވެ އެވެ. ބަޖެޓު ކޮމިޓީން ނިންމާފައިވަނީ 2024 ވަނަ އަހަރު ނިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ ޕްރޮޖެކްޓަށް 20 މިލިއަން، 2025 ވަނަ އަހަރު އެއް މިލިއަން އަދި 2026 ވަނަ އަހަރު އެކަމަށް ބައި މިލިއަން ރުފިޔާ، ޕަބްލިކް ސެކްޓަ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރެއިން ހަރަދު ކުރާށެވެ.

ޕީޕީއެމްގެ ވެރިކަމުގައި މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބަޖެޓު ކުރި އެވެ. އަދި އެއާޕޯޓުގެ މަސައްކަތް ޕީޕީއެމްގެ ވެރިކަމުގައި މީގެ ކުރިން ބަޔަކާ ހަވާލުވެސް ކުރި އެވެ. އެހެންނަމަވެސް އެ މަސައްކަތްކޮޅެއްގައި ޖެހޭ ގޮތް މިހާތަނަށް ވަނީ ނުވެފަ އެވެ. އެހެންނަމަވެސް ނިލަންދޫ އާ 15 ވަރަކަށް މިނިޓު ދުރުގައި އޮންނަ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް