ads
ފަރަށް އެރި ކުޅުދުއްފުށީ ބަހާދަރު ބޯޓު - ފޮޓޯ:އެމްއެންޑީއެފް
ބަހާދަރު ބޯޓް ފަރަށް އަރައިފި
މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔަ އެ ރަށު "ބަހާދަރު" ބޯޓަށް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބޯޓު ފަރަށް އެރި އިރު އޭގައި 10 ފަޅުވެރިންނާއި ހަ އަންހެނުންގެ އިތުރުން ހަ ކުޑަކުދިން ތިބި ކަމުގަ އެވެ.

ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ "ބަހާދަރު" ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަކަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށާއި އެ އާއެކު އެ ބޯޓުން ދަތުރުކުރި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެގޮތުން ބޯޓު އޮތް ސަރަހައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާކްރާފްޓް 116 ވަނީ ގޮސްފަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް، ބޯޓުގައި ތިބި މީހުންގެ ތެރެއިން 17 މީހުން މިއަދު ހެނދުނު 06:08 ހާއިރު ވަނީ ހާބާކްރާފްޓުގައި ށ. ކޮމަންޑޫއަށް ގެންގޮސްދީފައި ކަމަށެވެ.

ބަހާދަރު ބޯޓުގައި މިހާރު 10 ފަޅުވެރިން މަޑުކޮށްގެން ތިބިއިރު، ބާކީ 31 މީހުން "ފްލަޔިން ފިޝް 17" ނަމަކަށް ކިޔާ ދޯންޏެއްގައި ކުޅުދުއްފުއްޓަށް ގެންދިއުމަށް ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. ފަރަށް އަރާފައިވާ ބަހާދަރު ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ބަހާދަރު ބޯޓަކީ ކުޅުދުއްފުއްޓަށް އެންމެ ގިނައިން މުދަލާއި ފަސިންޖަރުން އުފުލާ އެއް ބޯޓެވެ.
25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް