ads
ގާޒާގެ ދިފާއުގައި އދ ގައި ނެގުނު ވޯޓުގެ ތެރެއިން
ގާޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށްފި
ޔަހޫދީ އިޒްރޭލުގެ ގަތުލްއާއްމު ހުއްޓާލުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހުގައި ގަރާރެއް ފާސްކޮށްފި އެވެ.
Advertisement

އަންގާރަ ދުވަހު އެ ގަރާރު ފާސްކޮށްފައިވަނީ 153 ގައުމަކުން ތާއީދާއި އެކުގަ އެވެ. އަދި 23 ގައުމަކުން ވޯޓު ދީފައިނުވާއިރު، އިސްރާއީލާއި އެމެރިކާ ހިމެނޭ ގޮތަށް 10 ގައުމަކުން އެކަމާ ދެކޮޅަށް ވޯޓު ދީފައި ވެއެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ޔަހޫދީ އިޒްރޭލާއި، އެ ގައުމުގެ އެންމެ ބޮޑު ވާގިވެރިޔާ، އެމެރިކާ ވެސް ހިމެނެ އެވެ.

އެ ގަރާރުގައި ހަމަލާތައް ހުއްޓާލުމުގެ އިތުރުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށް ވަނީ ގޮވާލާފައިވެ އެވެ.

އާންމު މަޖިލީހުން ފާސްކުރާ މިފަދަ ގަރާރުތަކުގައި ގާނޫނީ ބުރަދަނެއް ނެތަސް ބޮޑު އަގުލަބިއްޔަތަކުން ގަރާރު ފާސްވެގެން ދިޔުމަކީ ޔަހޫދީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުނިޔޭ ދެކޮޅުކަން ސާފުވެގެންދާ ކަމެކެވެ.

މި ޤަރާރު ފާސްކުރުމާ ގުޅިގެން ފަލަސްޠީނުގެ ހާރިޖީ ވަޒީރު ރިޔާދް މަންސޫރު ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. މި ނިންމުމަކީ މުހިއްމު އަދި އެހާމެ ބޭނުންތެރި ނިންމުމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ގަރާރުގައި ކަނޑައަޅާފައިވާ ކަންކަމަށް އިސްރާއީލުން ބޯލަނބާނެކަމަށް އުއްމީދުކުރާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

ވޯޓަށް ފަހު ސައުދީ އަރަބިއްޔާގެ ސަފީރު ވެސް ވިދާޅުވީ މި ނިންމުމުން ބައިނަލްއަގުވާމީ ދުނިޔޭގެ ބަސް އިއްވައިފި ކަމަށެވެ.

your imageޔަހޫދީންގެ އަނިޔާ ލިބިފައިވާ ގާޒާ އާއިލާއެއް

ޔަހޫދީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައިވާއިރު، މިހާރު ކުރިޔަށްދާ ހަނގުރާމައިގައި، އޮކްޓޯބަރު 7 އިން ފެށިގެން މެދުކެނޑުމެއް ނެތި ޔަހޫދީ އިޒްރޭލުން ދަނީ ގާޒާއަށް ބޮން އަޅަމުންނެވެ.  

އެ ހަމަލާތަކުގައި މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުން ނެވެ.

މި ހަމަލާތަކާ ގުޅިގެން ގާޒާގެ ޖުމްލަ އާބާދީ ކަމަށްވާ 2.3 މިލިއަން މީހުން އެކީހެން ވަނީ ހާލުގައި ޖެހިފަ އެވެ. އޭގެތެރެއިން މިލިއަނެއްހާ މީހުންގެ ގެދޮރު ގެއްލިފައިވާއިރު 25،000 އެއްހާ ކުޑަކުދިން ވަނީ ޔަތީމުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް