ads
ލ. ދަނބިދޫ ބަސްމަލާ ބޯޓު: ބޯޓު ފަރަށް އެރުމާއެކު މުދާ ސަލާމަތް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ދަނީ ކުރަމުން - ފޮޓޯ:‏ދަނބިދޫ ކައުންސިލް
މާލޭން ލާމަށް ކުރި ދަތުރުގައި ބަސްމަލާ ބޯޓު ފަރަށް އަރައިފި
މާލޭން ފުރައިގެން ލާމު އަތޮޅަށް ދަތުރުކުރަމުން ދިޔަ ލ. ދަނބިދޫ "ބަސްމަލާ" ބޯޓު އެ ރަށު ނެރުން ވަންނަން އުޅުމުގެ ތެރޭގައި ކައިރީގައި އޮތް ބެންމާފުށި ފަރަށް އަރައިފި އެވެ.

މިކަމާ ގުޅޭގޮތުން ދަނބިދޫ ކައުންސިލުގެ ރައީސް އިބްރާހިމް މިމްރާހް "ސީއެންއެމް" އަށް ވިދާޅުވީ، ގިނަ އަދަދެއްގެ މުދަލާ އެކު މި ބޯޓު ފަރަށް އަރާފައި ވަނީ މިއަދު ހެނދުނު 6:15 ހާއިރު ކަމަށެވެ.

ދަނބިދޫ ރައްޔިތުން މިވަގުތު ދަނީ ބަސްމަލާ ބޯޓުގައި ހުރި މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ކައުންސިލުގެ ރައީީސް ވިދާޅުވި އެވެ. އެގޮތުން މުދާތައް ޑިންގީތަކުގައި ދަނބިދޫއަށް ހުސްކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން މިވަގުތު އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް މިމްރާހް ވިދާޅުވި އެވެ.

މިމްރާހް ވިދާޅުވެފައި ވަނީ އެ ބޯޓު ފުން ކުރެވޭނެ އިރެއް އަދި ނޭނގޭ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

މިކަމާ ގުޅިގެން އެމޭންޑީއެފްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް