ރިޔާސީ އިންތިހާބުގައި ބައިވެރިވި އަށް ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރިއިރު އެންމެ ބޮޑު ހޭދައެއް އިންތިހާބަށް ކުރެއްވީ ޑރ. މުއިއްޒުގެ ކޭމްޕުންނެވެ. އެންމެ ކުޑަ ހޭދައެއް އިންތިހާބަށް ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޒަމީލެވެ.
ކެންޑިޑޭޓުންގެ މާލީ ރިޕޯޓްތައް:
މާލީ ބަޔާންތަކުން ފެންނަ ގޮތުގައި ދެ ބުރުގެ ކެމްޕެއިނަށް އަށް ކެންޑިޑޭޓުންގެ އަތުން ހަރަދުވި ކަމަށް ބުނާ ޖުމުލަ އަދަދަކީ 69،188،675 ރުފިޔާ އެވެ. ރިޔާސީ އިންތިހާބުގައި އެންމެ މަދުން ހަރަދު ކުރީ އަމިއްލަ ހައިސިއްޔަތުން ވާދަކުރެއްވި ހަސަން ޒަމީލެވެ. ބަޔާންތަކުން ފެންނަ ގޮތުގައި އޭނާ ޖުމުލަ ހަރަދު ކުރެއްވީ އެންމެ 16،259 ރުފިޔާ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ގާނޫނުގައި ބުނާ މިންގަނޑުތަކަށް ނުފެތޭތީވެ، އެ ކެންޑިޑޭޓުންނަށް ފިޔަވަޅު އެޅުމަށް އީސީން ވަނީ ނިންމާފަ އެވެ.