ads
މަޖިލިސް ތަޅުން
އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން އެމްޑީޕީން ތްރީލައިން ވިޕެއް
އަންނަ 2024 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކޮށް ބަޖެޓް ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފަައިވާ ގޮތަށް، ބަޖެޓް ފާސްކުރަން އެމްޑީޕީގެ ޕާލިމަންޓްރީ (ޕީޖީ) ގްރޫޕުން ތްރީލައިނެއް ވިޕެއް ނެރެފިއެވެ.
Advertisement

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބަޖެޓާ ގުޅޭ ގޮތުން ހުރި ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޕީޖީ ބައްދަލުވުމާ ގުޅޭ ގޮތުން އެ ގްރޫޕުގެ ނައިބު ލީޑަރު ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޮމިޓީއިން ފާސްކޮށް އެ ފޮނުވާފައިވާ ގޮތަށް ބަޖެޓަށް ވޯޓް ދިނުމަށް ތްރީލައިން ވިޕެއް ނެރެން މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.  

ގާނޫނުގައި ބުނާގޮތުން މިމަސް ނިމުގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރަން ޖެހެއެވެ. ބަޖެޓަށް ވޯޓަށް އެހުން މިއަދު 1:30 އަށް ވަނީ ތާވަލްކޮށްފަ އެވެ. 

މީގެ އިތުރަށް، މިއަދުގެ އެމްޑީޕީ ޕީޖީ ބައްދަލުވުމުގައި ވަނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑު ކުރުމަށް ބަޖެޓަށް 50 މިލިއަން ރުފިޔާ އިތުރުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހަށް ވޯޓު ނުދޭން ނިންމައިފަ އެވެ.  

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮޖެކްޓު (ޕީއެސްއައިޕީ) ތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހިމަނައިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް