ads
ކާޖޮލް އަދި ކަރީނާ
ކަރީނާ ދެއްކި ވާހަކައައަކުން ކާޖޮލް ރަތަށް
ކާޖޮލް އަކީ މީހުން ދައްކާވާހަކަތަކާ މެދު މާ ބޮޑު ވިސްނުމެއް ވިސްނައިގެން ދިރިއުޅެމުން އައި ތަރިއެއް ނޫނެވެ. ނަމަވެސް ކާޖޮލް ވެސް އާނާގެ ބައެއް ސިއްރުތަކުގެ ވާހަކަދެއްނޭދެއެވެ.
Advertisement

ކާޖޮލްގެ އެންމެ މަގުބޫލު އެއް ސިފައަކީ އޭނާގެ ފޭނުން އޭނާއަށް ކުރާ ލޯތްބެވެ. ކާޖޮލް އަކީ އޭނާއާއެކު ފިލްމެއްގައި ތަރިއަކު މަސައްކަތް ކޮށްފިނަމަ އެމީހަކާ ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިއެކެވެ. 

"ކަބީ ޚުޝީ ކަބީ ގަމް" ގައި އޭނާގެ ދައްތަގެ ރޯލު ކުޅުނު ކަރީނާ ކަޕޫރާ ޚާން އާއިވެސް އަންނަނީ ގާތް ގުޅުމެއް ބާއްވަމުންނެވެ. 

ނަމަވެސް ދާދިފަހުން ޓޯކް ޝޯއެއްގައި ކާޖޮލް މިވަނީ ރުޅިއައިސްގެން ކަރީނާއާ ދިމާލަށް 'ޝަޓް އަޕް' އޭ ބުނެފައެވެ. ކާޖަލް އެހެން ބުނެ ރުޅިވެރިކަން ފާޅުކުރީ ކާޖޮލް އާއި ކަރީނާ ކަޕޫރު، ސިދާތު މަލްހޯތުރާ ފަދަ އެހެން އެކްޓަރުންނާ އެކު އެއް މޭޒެއްގައި ދިން އިންޓަވިއުއެއްގެ ތެރެއިންނެވެ. 

ކާޖޮލް ގާތަށް ރުޅިއަކީ ކާޖޮލް އަކީ އޭނާ ދިމާވި އެންމެ ގޯސް ޑްރައިވަރު ކަމަށް ކަރީނާ ބުނުމުންނެވެ. އެ ހިސާބުން ކާޖަލް ހިތްހަމަނުޖެހުން ފާޅުކޮށް އެވާހަަކަ ނުދެއްކުމަށް އެދުނެވެ. ނަމަވެސް އެ ވާހަކަ ކުރިއަށް ގެންދަން ފެށުމުން "ޝަޓް އަޕް" އޭ ބުނެ ވާހަކަ ހުއްޓުވިއެވެ.  

" ކާޖޮލް އަކީ 90 ގެ އަހަރުތަކުގައި އޭނާއަކީ ތާރީހުގައި ވެސް އެންމެ ގޯސް ޑްރައިވަރު، އޭނާ އަކީ ކާރު ދުއްވަން އިންނައިރު މަގުމަތިން ދިމާވާ ކަންކަމާ ލޭ މައްޗަށް ގޮސްގެން ރުޅި އަންނަ މީހެއް" ކަރީނާ ބުންޏެވެ. 

ކަރީނާގެ ވާހަކަތައް ހުއްޓުވަން "ޝަޓް އަޕް" އޭ ބުނެ ރުޅިވެކަން ދެއްކުމުން، ހާމަވާކަމަކީ ކާޖޮލްއަކީ ވެސް އޭނާއާ ގުޅޭގޮތުން ބައެއް ސިއްރުތައް ހާމަވާން ނޭދޭ ތަރިއެއްކަމެވެ. 

57%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް