ads
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މިއަދު އައްޔަންކުރި ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ-
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ
ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ އައްޔަން ކުރައްވައިފި އެވެ.
އޭނާ ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 1988 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު އެވެ. 
 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އިރު، މިހާތަނަށް ވަރަށްގިނަ ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓްތަކެއް ފުރުއްވާފަވެއެވެ. 
 ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ހުންނެވީ ކޯސްޓްގާޑުގެ ކޮމަޑާންޓުގެ މަގާމުގައެވެ. ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަން (ޑައިޓް) ގެ ކޮމާންޑިން އޮފިސަރުކަމާއި، ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިންސިޕަލް ޑައިރެކްޓަރުކަމާއި، ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ (ޑީއައިޑީސީ) ގެ ޕްރިންސިޕަލް ޑައިރެކްޓާކަމާއި، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ ކޮމާންޑާކަމާއި، ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑާކަން އަދާކުރައްވާފައެވެ. 
މީގެއިތުރުން، ދިވެހިރާއްޖެއިން އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަ ޑިފެންސް އެޑްވައިޒާގެ މަޤާމުގައި ހުންނެވިއިރު، ދެ ގައުމުގެ ދެމެދުގައި ބައިލޭޓަރަލް ޑިފެންސް ކޯޕަރޭޝަން އިތުރަށް ހަރުދަނާކުރުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ވެސް ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ ކޮށްދެއްވާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް