މިއަދު ބައެއް މީޑިއާތަކުން ވަނީ ހުޅުމާލޭގައި މިހާރު ހިއްކަމުންދާ ފޭސް 3 އިން ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް މިސަރުކާރުން ފުށިދިއްގަރުފަޅަށް ބަދަލުކުރަން ނިންމާފައިވާކަމަށް ރިޕޯޓްކޮށްފަ އެވެ.
އެކަމާ ގުޅިގެން އާބަންކޯގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއީ "ހަގީގަތާ ހިލާފު ވާހަކަތަކެއް" ކަމަށް ވިދާޅުވެފަ އެވެ.
ހުޅުމާލޭ ފޭސް 3 ހިއްކަން ފަށާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބިންވެރިއާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށެވެ. އެ ސްކީމުގެ ދަށުން ހުޅުމާލޭ ފޭސް 3 އިން 700 ގޯތި ދޫކޮށްފައިވެއެވެ.