ނިއުކާސްލްއާ އޭސީ މިލާން ރޭ ކުޅުނު މެޗުން ނިއުކާސްލް ބަލިވީ ދެ ލަނޑު އެއް ލަނޑުންނެވެ. ނިއުކާސްލްއިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، މިލާނުން މެޗު އަނބުރާލީ ފަހަތުން އަރައި ޖެހި ދެ ލަނޑާއެކުއެވެ.
މި ނަތީޖާއާއެކު ނިއުކާސްލް ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެއެވެ. މާނައަކީ ޔޫރޮޕާ ލީގުންވެސް ފުރުސަތެއް ނުލިބުމެވެ. މި ގްރޫޕުން އެއްވަނަ ހޯދީ، 11 ޕޮއިންޓާއެކު ބޮރޫޝިއާ ޑޯޓްމަންޑެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި އަށް ޕޮއިންޓާއެކު ޕީއެސްޖީ އަނެއް ބުރަށް ދިޔައިރު، މިލާނަށް ލިބުނީ ތިންވަނައެވެ.
ނިއުކާސަލް ޔުނައިޓެޑުގެ ޗެމްޕިއަންސް ލީގުގެ ކެމްޕޭން ނިމުނީ ހިތްދަތިކަމާއެކު ޖަޒުބާތާއި ޑްރާމާގެ ރެއެއްގެ ތެރެއިންނެވެ.