އެ ގައުމުގެ ސަރުކާރުން ކުރިއަށް ގެންދާ "ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާޝިޕް" ޕްރޮގްރާމުގެ ދަށުން ރާއްޖެ އަށް 25 ފުރުސަތު ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓްރީން ބުންޏެވެ.
މިއީ އަންޑަ ގްރެޖުއޭޓުން ފެށިގެން ޕީއެޗްޑީއާ ހިސާބަށް ކިޔެވުމުގެ ފުރުސަތު ލިބޭ ސްކޮލަޝިޕްތަކެވެ. އެ ގައުމުން ރާއްޖެއަށް ދީފައިވާ ކޯހުގެ ދާއިރާ ތަކުގެ މައުލޫމާތު މި ލިންކުން ލިބެން ހުންނާނެއެވެ.
ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.