މިކަމާ ގުޅިގެން ހިންމަފުށީ ކައުންސިލުގެ ރައިސް ހަސަން ފާއިޒް "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި، ރޭއްސުރެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ ބައެއް މުދަލަށް ފެނުގެ އަސަރު ފޯރާފައިވާ ކަމުގަ އެވެ. އެގޮތުން ބޮޑަށް ފެން ވަދެފައި ވަނީ ރަށުގެ ބިން ތިރި ހިސާބު ތަކުގައި ހުރި ގެތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާއިޒް ވިދާޅުވީ ޕަމްޕު ބަހައްޓައިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރާ މި މަސައްކަތުގައި އައްސޭރި ޖަލާއި އެމްއެންޑީއެފްގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމަށް ފާއިޒް މައުލޫމާތު ދެއްވި އެވެ.
މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާރުވެސް އެ ރަށަށް ވާރޭ ވެހެމުންދާ ކަމަށް ފާއިޒް ވިދާޅުވި އެވެ.
އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ހުޅުމާލެއަށެވެ. ހުޅުމާލެއަށް 66.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ ހުޅުލެއަށެވެ. ހުޅުލެއަށް 48.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
ފާއިދުވެދިޔަ 24 ގަޑިއިރު ވާރޭގެ ތަފާސްހިސާބުތައް:
ރާއްޖޭގެ ސަރަހައްދު ތަކަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފަ އެވެ.