ads
ނޭޝަނަލް ޑްރަގް އެޖެންސީ: ފަރުވާއަށް ހުކުމްކޮށްފައިވާ 700 މީހުންނަށް ހާއްސަ ޕްރޮގްރާމެއް ވަނީ ސަރުކާރުން ފަށާފައި --
ޑްރަގް ފަރުވާ އަށް ހާއްސަ އާ ޕްރޮގްރާމެއް އާ ސަރުކާރުން ފަށައިފި
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ޑްރަގް ކޯޓުން ފަރުވާ ހޯދަން ހުކުމްކޮށްފައިވާ 700 މީހުންނަށް ހާއްސަކޮށްގެން ފަރުވާގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި އެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށްފައިވާ 700 ފަރާތަކަށް އަމާޒުކޮށް "އޮޕަރޭޝަން ފަނާރު"ގެ ނަމުގައި ފަރުވާގެ ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.

"ޑްރަގް ކޯޓުން ހުކުމްކޮށްފައިވާ 700 ފަރާތެއް ފަރުވާއަށް އެކްސެސް ނުވެވި، އެ ފަރުވާއަށް ވާސިލް ނުވެވި ތިބިކަން ފާހަގަކުރެވިފަވޭ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން، "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި މިހުރިހާ ފަރާތްތަކަށް ފަރުވާއަށް އެކްސެސް ވެވޭނެ މިހާރު ފެށިގެން ކުރިއަށް އެބަ ދޭ،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ފިރުޒުލް ވަނީ މަސްތުވާތަކެއްޗާ ގުޅޭގޮތުން ސަރުކާރުގެ ސްޓޭންޑް ބަދަލުވެފައިވާކަން ހާމަކުރައްވާފަ އެވެ.

ނަމަވެސް, އަދިވެސް ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ފަރުވާ ލިބެންޖެހޭ ފަރާތްތަކަށް ފަރުވާ ދިނުމަށް ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ކުރިން މި މައްސަލައާ މެދު ދެކެެވެމުން އައީ ހެލްތު ފަސްޓް މައްސަލައެއްގެ ގޮތުގައި. މިހާރު މި މައްސަލައާ މެދު ރައީސް އަދި ސަރުކާރުގެ ވިސްނުންފުޅަކީ މިއީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެކޭ," އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތިން ސަލާމަތްވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާފައިވެ އެވެ. ކުރީ ސަރުކާރުން ވަނީ އެކަމަށް ހާއްސަ ސެންޓަރުތައް ވެސް ގާއިމްކޮށްފަ އެވެ. އެކަމަކު އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. 

މިދިޔަ ސަރުކާރުގައި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އޮތީ ހެލްތު މިނިސްޓްރީގެ ދަށުގަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސްތުވާތަކެތީގެ ފަރުވާ ދޭ އެންޑީއޭ ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް