ލީގުގައި ބާކީ އޮތް ދެ މެޗަކީ، މާދަމާ ރެއަށާއި އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ކުޅެން އޮތް މެޗެވެ. މި ދެ މެޗުވެސް މިހާރު އޮތީ ހަވީރު ކުޅެން ފަށާ ގޮތަށެވެ. އެއީ ގަލޮޅު ދަނޑުގެ ލައިޓް ސިސްޓަމަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން ކަމަށް އެފްއޭއެމުން ބުންޏެވެ.
ގަލޮޅު ދަނޑުގެ ލައިޓްތަކަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ނުލިބިގެން ރޭގަނޑު މެޗުތައް ހަވީރަށް ބަދަލުކުރިއިރު، މިދިޔަ ހަފްތާގައި މާޒިޔާ އާއި ބުރު ސްޕޯޓްސް ރޭގަނޑު ކުޅުނު އިރު ލައިޓްތައް ނިވިގެން ގިނަ އިރުތަކެއްވަންދެން ކުޅުން މެދު ކެނޑުނެވެ.