ads
ޓީޓީއެޗުން ޅ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި މަލްޓިސްޕެޝަލްޓީ ހެލްތް ކޭމްޕުގެ ތެރެއިން - ފޮޓޯ:ޓީޓީއެޗް
ޓްރީ ޓޮޕްގެ މަލްޓިސްޕެޝަލްޓީ ހެލްތް ކޭމްޕެއް ޅ. އަތޮޅު ހޮސްޕިޓަލުގައި ބާއްވައިފި
ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން މަލްޓިސްޕެޝަލްޓީ ހެލްތް ކޭމްޕެއް ޅ. އަތޮޅު ހޮސްޕިޓަލުގައި ބާއްވައިފި އެވެ.

ޓީޓީއެޗުން ބުނީ އެ ހޮސްޕިޓަލުގެ މަލްޓި ޑިސިޕްލިނަރީ ސްޕެޝަލިސްޓުންގެ ޓީމެއް ހަރަކާތްތެރިވާ މަލްޓިސްޕެޝަލްޓީ ހެލްތް ކޭމްޕެއް ޅ. އަތޮޅު ހޮސްޕިޓަލުގައި އެ އަތޮޅު ކައުންސިލާ ގުޅިގެން މިދިޔަ ހަފުތާގެ ބަންދުގައި ބާއްވާފައިވާ ކަމަށެވެ. 

އެ ހެލްތް ކޭމްޕްގައި އެ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރުން، ކަށީގެ ހާއްސަ ޑޮކްޓަރުން، ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، ކަރުން މަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން، އެންޑޯކްރިނޮލޮޖީ ޑޮކްޓަރުންގެ އިތުރުން ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ބައިވެރިވި ކަމަށް ޓީޓީއެޗުން ބުނެ އެވެ.

އެ ކޭމްޕުގައި އެ ހޮސްޕިޓަލުގެ ސިއްހީ މާހިރުންގެ ތެރެއިން ކޮންސަލްޓަންޓް ނެޕްރޮލޮޖިސްޓް ޑރ. މްލަޑެން ނޮޓެކް، އީއެންޓީ ސްޕެޝިއަލިސްޓް ޑރ. ޗަންދްރަޝޭކަ ރަވާލް، ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. އަމިތު އަގަރްވަލް، ކޮންސަލްޓަންޓް ޑާމަޓޮލޮޖިސްޓް ޑރ. އަނޫ އަގަރްވާލް، ކޮންސަލްޓަންޓް އޮތްތޯޕީޑިކް އަދި ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް، ކޮންސަލްޓަންޓް ކާޑިއޮލޮޖިސްޓް ޑރ. މޫސާ މަނިކު އިބްރާހިމް، ކޮންސަލްޓަންޓް އޮތްތޯޕީޑިކް ޑރ. އަލީ މުޒްނީ، ކޮންސަލްޓަންޓް އޮބްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓް ޑރ. ޕްރީތީ ސޮލޮމަންގެ އިތުރުން ކޮންސަލްޓަންޓް އެންޑޯކްރިނޮލޮޖިސްޓް ޑރ. ބިނޫ ޕިއްލައި ބައިވެރިވި ކަަމަށް ޓީޓީއެޗުން ބުނެ އެވެ.

ޓީޓީއެޗުން ބުނެފައި ވަނީ އެ ހެލްތް ކޭމްޕްގައި ބަލިމީހުންނަށް ހެލްތް ސްކްރީނިން ހަދައިދިނުމާ އަދި ކޭމްޕްގައި އިތުރު ފަރުވާ ބޭނުންވި ފަރާތްތަކަށް ރިފަރަލް ހަމަޖައްސައިދެވުނު ކަމަށެވެ. މި ހެލްތް ކޭމްޕްގެ ހެލްތް ސްކްރީނިން ހިދުމަތް ފުޅާ ދާއިރާއެއްގައި ހުޅުވާލެވި، ގިނަ އަދަދެއްގެ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް