ދިވެހި ލީގުގައި މާޒިޔާ މިއަދު ޓީސީ އަތުން ފަސޭހަ ކަމާއެކު މޮޅުވީ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މި ނަތީޖާއާއެކު މާޒިޔާވަނީ އަލުން ޓޭބަލްގެ އެއްވަނައަށް އަރައިފައެވެ.
ކުރިން އެއްވަނައިގައި އޮތީ އީގަލްސްއެވެ. މާޒިޔާ އިން ވަނީ 13 މެޗުން 37 ޕޮއިންޓް ހޯދައިފައެވެ. ދެ ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓް ލިބިފައިވާ ކްލަބް އީގަލްސް އެވެ.
ޕްރިމިއާ ލީގުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއީ، އަންނަ އަންގާރަ ދުވަހު ހަވީރު އީގަލްސް އާއި މާޒިޔާ ކުޅޭ މެޗެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް މާޒިޔާ އަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ. އީގަލްސް އަށް ފުރަތަމަ ފަހަރަށް ލީގު ހޯދެން އޮތީ މާޒިޔާ ބަލިކޮށްގެންނެވެ.