ads
ޕްރިޔަންކާގެ ފެމެލީ - ފޮޓޯ:މަދޫ
މާމަ ދަރިންގެ މައްޗަށް އޮންނަ ލޯބި މަދޫ ސިފަކޮށްދީފި
މާމަ ދަރިފުޅު އުރާލުމުން އުފަލުން، އުފަން ދަރިންގެ މަތިންވެސް ހަނދާން ނެތޭ ކަމަށް ޕްރިޔަންކާ ޗޯޕްރާގެ މަންމަ މަދޫ ޗޯޕްރާ ބުނެފި އެވެ.

ޕްރިޔަންކާގެ މަންމަ މަދޫ ބުނީ އޭނާގެ ބަލައިބޮޑުކުރި ދަރިފުޅު ޕްރިޔަންކާ އެކްޓަރަކަށް ވުމުން އުފާކުރާ ކަމަށެވެ. އަދި މިއަދު އޭނާގެ އުފަން ދަރިފުޅު ޕްރިޔަންކާއަށް މަލްތީ މާރީ ޗޯޕްރާ ޖޯނަސް ލިބުމުން މާމައަކަށްވުމުގެ ފަހުރުވެރި ތަޖުރިބާ އޭނާއަށް ލިބެމުން އަންނަ ކަމަށް މަދޫ ބުނެ އެވެ.

އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން މަދޫ ވަނީ ޕްރިޔަންކާގެ ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި ބަހައްޓާ ހަމަތަކާ މެދު ފަހުރުވެރިވާކަން ފާހަގަކޮށް އޭނާއަށް ތައުރީޕު ކޮށްފަ އެވެ. އަދި މަދޫ ބުނެފައި ވަނީ ދަރިންނަކީ މުހިންމު ބައެއް ކަމަށާއި ދަރިން ހޯދުމަށް "ނޯ" ނުބުނުމަށެ. 

ތިން ލަފްޒުން ޕްރިޔަންކާ ސިފަކޮށް ދިނުމަށް އެދުމުން މަދޫ ބުނެފައި ވަނީ ޕްރިޔަންކާއަކީ އެއްވަނައިގެ ''ސުޕަ ވުމެން'' އެއް ކަމަށެވެ. 

ދަރިން ތަރުބިއްޔަތުކުރުމުގެ ތަޖުރިބާއަށް އަލިއަޅުވާލަމުން މަދޫ ބުނި ގޮތުގައި ޕްރިޔަންކާ ބޯޑިން ސުކޫލަށް ފޮނުވުމަކީ އޭނާ އެކަމާ ރިގްރެޓް ކުރާކަމެއް ކަމަށެވެ. ފަހުން ޕްރިޔަންކާގެ ސްކޫލު ބަދަލުކުރަން އޭނާ ބޭނުންވި ކަމަށްވެސް މަދޫ ބުންޏެވެ.

ޕްރޮފެޝަނަލް ނަޒަރުން ބަލާއިރު ޕްރިޔަންކާ ވަނީ އަމަލީގޮތުން އެކިއެކި ޕްރޮޖެކްޓުތަކުގައި ބައިވެރިވެފަ އެވެ. އެއީ ''ލަވް އެގެއިން''، ''ސިޓަޑެލް'' އަދި ފަރްހާން އަހްތަރުގެ ފިލްމް ''ޖީލިޒާރާ'' ހިމެނެ އެވެ. 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް