މިކަން ހާމަކޮށް މިއަދު "އެކްސް" ގައި މޫސަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ލ. މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމުގަ އެވެ. އަދި އުންމީދަކީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މޫސަ އެންމެ ފުރަތަމަ މަޖިލިހުގައި މަސައްކަތް ކުރެއްވީ ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގަ އެވެ. އަދި 18 ވަނަ މަޖިލިހުގައި އޭނާ ވަނީ ހުޅުހެންވޭރު ދާއިރާގެ މެންބަރުގެ މަގާމު އަދާކުރައްވާފަ އެވެ.
މަޖިލިހުގައި ނައިބު ރައީސްކަމާއި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ މޫސަ އަލުން އެ ޕާޓީ އާ ގުޅިވަޑައިގަތީ މިދިޔަ އަހަރެވެ.