ads
ގުޅި ކައިރި ފަރަށް އެރި ދޯނި - ފޮޓޯ:އެމްއެންޑީއެފް
މާފުށްޓަށް ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި ދޯންޏަކަށް އެހީތެރިވެދީފި
ކ. ތުލުސްދޫން ފުރައިގެން ކ. މާފުށްޓަށް ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި ދޯންޏަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ގުޅި ކައިރި ފަރަށް އަރާފައި ވަނީ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

ފަރަށް އެރިއިރު ދޯނީގައި ތިބީ ދިވެއްސަކާ ތިން ބިދޭސީން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ދޯނި ފަރަށް އެރި ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 07:37 ހާއިރު ކަމަށެވެ.

your imageފަރަށް އެރި ދޯނި ފުންކުރުމުގެ މަސައްކަތް ކުރަމުން ދަނީ - ފޮޓޯ:އެމްއެންޑީއެފް 

އެމްއެންޑީއެފުން ބުނެފައި ވަނީ މި މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި އެ ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ހާބަކުރާފްޓް ލޯންޗުގައި މާލެ ގެނެސްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ދޯނި ފަރަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދޯންޏަށް ލިބިފައިވާ ކަމަށެވެ. ދޯނި ފުން ކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް