ads
އަހުމަދު ޝިޔާމް، އާޒިމާ ޝަކޫރު އަދި ޔާމިން ރަޝީދު
"ދުސްތޫރު ބަދަލުކުރަން ހިފީމާ އެނގެނީ ގާނޫނީ ވިސްނުން ބަލިކަށިކަން"
އިތުބާރުނެތް ކަމުގެ ވޯޓާއި އިންޕީޗްމެންޓުގެ ތަފާތު ނޭނގޭ ބަޔަކު ދުސްތޫރު ބަދަލުކުރަން ހިފީމާ އެނގެނީ ގާނޫނީ ވިސްނުން ބަލިކަށިކަން ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމާ މިހެން ވިދާޅުވެފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެކަމަނާ ވިދާޅުވީ އިންތިހާބުތަކުން ބަލިވާނެކަން އެނގުނީމާ ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާނެކަމުގެ ނިޝާނެއް ކަމަށެވެ. 

އެކަމަނާ މިހެން ވިދާޅުވެފައި މި ވަނީ އެމްޑީޕީން މަޖިލިހުގެ ރައީސް އަދި ނައިބު ރައީސް ފަސޭހައިން މަގާމުން ވަކި ކުރެވޭގޮތަށް ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނިކޮށެވެ. 

މީގެ އިތުރުން ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔާމިން ރަޝީދުވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރައީސް އަދި ނައިބު ރައީސް އަޒުލުކުރުމުގެ އުސޫލަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީ އާ ބީރައްޓެހި އަދި އުސޫލީ ހަމަތަކަށް ގޮންޖެހުން ކުރިމަތިވާނެ އިސްލާހެއް ކަމަށެވެ. އަދި ހަމަ އެހެންމެ މިއީ ރައްޔިތުންގެ މެދުގައި ވެރިކަމަށް ބިރު ދެއްކުމަށް ހިންގާ އަަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވެސް ވަނީ މި ކަމާ މެދު ނުރުހުން ފާޅުކުރައްވާ ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނުއަސާސީ އާ ހިލާފު ނިންމުމެއް ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށައަޅާފަ އެވެ. އަދި އެކަން ވަނީ މަޖިލިހުގެ އާންމު ކޮމިޓީން ބުރާސްފަތި ދުވަހު ނިންމާފަ އެވެ. ކޮމިޓީން ނިންމާފައި ވަނީ މަޖިލިހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.

މަޖިލިހުގެ ގަވާއިދުގެ 202 އަދި 203 ވަނަ މާއްދާއަށް އިސްލާހުތަކެއް ގެނައުމަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު އަލީ އާޒިމެވެ. އަދި ގަވާއިދުގެ 49 ވަނަ މައްދާއަށް ބަދަލު ގެންނަން ހުށަހެޅުއްވީ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު އެވެ.

މި އިސްލާހު މަޖިލިހުގެ ތަޅުމުން ފާސްވެއްޖެ ނަމަ އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް