ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވާފައި ވަނީ މިއަދު އެކްސްގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގަ އެވެ.
ހުރަވީ ދުވަސް ކުލަގަދަކޮށް ރާއްޖޭގައި ފާހަގަނުކުރާތާ ގިނަ އަހަރުތަކެއް ފާއިިތުވެފައިވާއިރު، ސަރުކާރުން މި އަހަރު ވަނީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ޕްރޮގްރާމްތަކެއް ރާވާފަ އެވެ. އެގޮތުން ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް ހުކުރު ދުވަހު ހަވީރު ވަނީ ބާއްވާފަ އެވެ. އަދި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.