މިއީ މުދަލު ޒަކާތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 81.6 މިލިއަން ރުފިޔާ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިހާތަނަށް ލިބިފައިވާ އަދަދުތަކުގެ ތަފްސީލު:
- ޖެނުއަރީ - 5.1 މިލިއަން ރުފިޔާ
- ފެބްރުއަރީ - 5 މިލިއަން ރުފިޔާ
- މާޗް - 11.1 މިލިއަން ރުފިޔާ
- އެޕްރީލް - 22.3 މިލިއަން ރުފިޔާ
- މެއި - 4.5 މިލިއަން ރުފިޔާ
- ޖޫން - 3.1 މިލިއަން ރުފިޔާ
- ޖުލައި - 7.3 މިލިއަން ރުފިޔާ
- އޮގަސްޓް - 8.5 މިލިއަން ރުފިޔާ
- ސެޕްޓެމްބަރު - 2.8 މިލިއަން ރުފިޔާ
- އޮކްޓޫބަރު - 6.5 މިލިއަން ރުފިޔާ
- ނޮވެމްބަރު - 7 މިލިއަން ރުފިޔާ
މުދަލު ޒަކާތް 2016 ވަނަ އަހަރާ ހަމައަށް ބަލައިގަންނަމުން އައިސްފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ. އޭގެފަހުން މުދަލު ޒަކާތް ބަލައިގަތުމަށް ގެނެވުނު ބަދަލާ ގުޅިގެން މީރާއިން މުދަލު ޒަކާތް ބަލައިގަންނަން ފެށި އެވެ.
މީރާއަށް ގޮސްްގެން އަދި މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުދަލު ޒަކާތް ދެއްކޭނެ އެވެ. މުދަލު ޒަކާތް ވާޖިބުވާ ނިސޯބު ކަނޑައަޅަނީ މިނިސްޓްރީންނެވެ.
އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަކީ 7،151.90 ރުފިޔާ އެވެ.
ރާއްޖޭގައި މުދަލު ޒަކާތުގެ ނިސޯބުގެ މިންވަރު ކަނޑައަޅަނީ ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ކަނޑައެޅުމުން އެ އަގުތަކަށް ބަލައިގެންނެވެ.