ads
އަމީނީ މަގުގެ އެންމެ ފަހުގެ މަސައްކަތްތައް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައްލަވާލައްވަނީ - ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ
އަމީނީ މަގުގެ މަސައްކަތްތައް މިނިސްޓަރު މުއްތަލިބް ބައްލަވާލައްވައިފި
އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ބައްލަވާލައްވައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން "އެކްސް" ގައި ބުނެފައިވަނީ، މިނިސްޓަރު ޑރ. މުއްތަލިބްގެ އިތުރުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް މަސައްކަތް ކުރިއަށްދާ ސަރަހައްދަށް މިއަދު ވަޑައިގަންނަވާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އަމީނީ މަގުގެ މަސައްކަތުގެ ތެރެއިން މިއަދު ކުރިއަށް ދިޔައީ ސްޓޯމްވޯޓާ ޓޭންކުތަކާއި ޕައިޕުތަކުގެ އިތުރުން ސްޓޯމްވޯޓާ މެއިން ލައިނާއި ނަރުދަމާ ހޮޅިތައް އެޅުމުގެ މަސައްކަތް ކަމުގަ އެވެ. މީގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ފެންހޮޅި ޓެސްޓު ކުރުމުގެ މަސައްކަތްތަކެއް ވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓްގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހުގަ އެވެ. އެ މަސައްކަތް ބާރު ސްޕީޑުގައި ނިންމުމުގެ މަސައްކަތް އާރުޑީސީން ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އަމީނީމަގުގައި ތާރު އަޅާ ޒަމާނީ ފެންވަރަށް އެމަގު ތަރައްގީކުރުމުގެ މަސައްކަތް އާރުޑީސީން ފެށީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ ސަރުކާރުން ފެށި އެ މަސައްކަތް ދިގުލައިގެން ގޮސް، ވެރިކަން ނިމުނު އިރުވެސް އެ މަސައްކަތް ވަނީ ނިމޭގޮތް ނުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް