ads
- ފޮޓޯ:އީސީ
ބައި-އިލެކްޝަންގެ 3 ގޮނޑި ޕީޕީއެމަށް
މިއަދު ބޭއްވި 4 ބައި-އިލެކްޝަންގެ ތެރެއިން، 3 ގޮނޑި ޕީޕީއެމްއިން ކާމިޔާބުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮނޑިތަކުގެ ވަގުތީ ނަތީޖާ ހާމަކޮށްފަވާއިރު ހަތަރު ގޮނޑިން ތިން ގޮނޑި ޕީޕީއެމްއަށް ލިބިފައިވާއިރު، އެއް ގޮނޑި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަކަށް ލިބިފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ހއ. ކެލާ ކައުންސިލްގެ އަންހެން މެމްބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް ހަދީޖާ މަޢުރިފާއެވެ. އޭނާއަށް ލިބުނީ 402 ވޯޓެވެ.

 ނ.މާފަރު ކައުންސިލްގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަބޫބަކުރުއެވެ. އޭނާއަށް ލިބުނީ 239 ވޯޓެވެ. 

އދ.ހަންޏާމީދޫގެ ބައި އިލެކްޝަން ކާމިޔާބުކުރީ އަމިއްލަ ގޮތން ވާދަކުރި ކެންޑިޑޭޓް މުހައްމަދު ޔާސިރުއެވެ. 

އޭނާއަށް ލިބުނީ 212 ވޯޓެވެ. ނ.މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ޝާތިރާއެވެ. އޭނާއަށް ލިބުނީ 217 ވޯޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް