ads
ލޫޓަންގެ ކެޕްޓަންގެ ހާލު މިހާރު ސްޓޭބަލް
ލޫޓަންގެ ކެޕްޓަންގެ ހިތް ހުއްޓިގެން ޕްރިމިއާ ލީގުގެ މެޗުހުއްޓާލައިފި
އިނގިރޭސި ޕްރިމިއަ ލީގުގައި ބޯންމައުތާ ލުޓަން ޓައުން ބައްދަލުކުރި މެޗުގައި، ލޫޓަންގެ ކެޕްޓަން ހިތް ހުއްޓިގެން ވެއްޓުމުން މެޗު ހުއްޓާލަން ޖެހިއްޖެއެއެވެ.

ރޭ ބޯންމައުތުގެ ދަނޑުގައި އެ ޓީމާއި ލުޓަން ޓައުން ބައްދަލުކުރި މެޗުގައި ލުޓަންގެ ކެޕްޓަން ޓޮމް ލޮކްޔާގެ ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނީ މެޗުގެ ދެވަނަ ހާފުގައެވެ. އެއާއެކު، މެޗު ހުއްޓާލައި، ވަގުތުން އޭނާއަށް ފަރުވާ ދޭން ފެށިއެވެ. ދެ ޓީމުގެ މެޑިކަލް މީހުންގެ މަސައްކަތުން އޭނާ އަލުން ނޭވާ ލައްވައި ހަމަޔަކަށް އެޅުވައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ޓީމުން ފަހުންވަނީ ބުނެފައެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވެއްޓުނު އިރު ނަތީޖާއަކީ 1-1 އެވެ. މި ހާދިސާ ހިނގިއިރު، މެޗުގެ 65 މިނިޓް ކުޅެވިފައިވާއިރު، ފަހު ބައި ނުކުޅެ މެޗު ހުއްޓާލަން އޮފިޝަލުންވަނީ ނިންމާފައެވެ.

މިދިއަ ސީޒަންގައި ޕްރިމިއަ ލީގަށް ލުޓަން އެރީ ޕްލޭ އޮފްގެ ފައިނަލް މެޗުގައި ކޮވެންޓްރީ ސިޓީ ބަލިކޮށްފަ އެވެ. އެ މެޗުގައި ވެސް ލޮކްޔާ ނޭވާ ހުއްޓިގެން ވެއްޓުނެވެ. އެއާ ގުޅިގެން ހިތުގެ އޮޕަރޭޝަނެއް ކޮށް އަލުން ކުޅެން ނުކުތީ ހުރިހާ ކަމެއް ރަނގަޅު ކަމަށް ބަލައިގެންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް