ads
ދިވެހި ސަގާފަތާ ތަރިކަ އާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ހުރަވީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ - ފޮޓޯ:ރައީސް އޮފީސް
"4،000 އަހަރުވީ ދިވެހި ދައުލަތުން އަބަދުވެސް ގަބޫލުކުރީ އަމިއްލަވަންތަކަން"
ދިވެހި ދައުލަތަށް ހަތަރު އަހަރެއްހާ ދުވަސްވެފައިވާއިރު ދިވެހިން އަބަދުވެސް ގަބޫލުކުރަމުން އައީ އަމިއްލަ މިނިވަންކަމާއި އިސްތިގުލާލާ އަދި އަމިއްލަވަންތަކަން ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ހުރަވީ ދުވަހާ ގުޅިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހުރަވީ ދުވަހަކީ ދިވެހި ދައުލަތުގެ ދިފާއުގައި ކުރި މަތިވެރި ޖިހާދުގައި ދިވެހިންނަށް ނަސްރު ލިބުން ދުވަސް ކަމަށެވެ. ހުރަވީ ދުވަހަކީ ދައުލަތުގެ ދިފާއުގައި ކުރި މަތިވެރި ޖިހާދަކުން ނަސްރު ލިބުނު ދުވަސް ކަމަށާއި މި ހާދިސާއަށް މީލާދީ ގޮތުން 270 ވަރަކަށް އަހަރުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މި ސަރަހައްދުގައި އޮތް އެންމެ ދުވަސްވީ ދައުލަތަކީ ދިވެހި ދައުލަތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވެފައި ވަނީ ދުނިޔޭގެ ތާރީހަށް ނަޒަރުހިންގާއިރު ޒަމާންތަކެއް ވަންދެން މެދުނުކެނޑި ވެރިކަން ކުރި ރަށްރަށުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލެ ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހި ދައުލަތަށް ބަލާއިރު ފަހުގެ ހޯދުންތަކުން އެނގޭއިރުގައި 4،000 އަހަރުވެއްޖެ. ދިވެހި ދައުލަތް މިނިވަން ވަކި ދައުލަތެއްގައި ދިވެހިން މިތަން ސަލާމަތްކޮށްގެން ގެންގުޅޭތާ. މި ދިގު މުއްދަތުގައި އަޅުގަނޑުމެން ގަބޫލުކުރީ މިނިވަންކަން، އަމިއްލަ މިނިވަންކަން، އަމިއްލަ އިސްތިގްލާލް،" - ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް 

ދިވެހިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އަމިއްލަ ހަޟާރަތެއްގެ ވެރި ބައެއް ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރުގެ ވާހަކައިގައި ވަނީ ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން އަންނަ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކޮންމެ އަހަރެއްގެ ޖުމާދަލްއާހިރާ މަހުގެ ތިން ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ހުރަވީ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހި ގައުމުގެ އެންމެހާ އަބްތޯލުންގެ ޒިކުރާ އާކޮށް، އެ ފަރާތްތަކުން ގެނެސްދެއްވި މިނިވަންކަމާއި ގައުމިއްޔަތު ދެމެހެއްޓުމުގެ އަޒުމާއި ޖޯޝް ދިވެހި ހިތްތަކުގައި ދިރުވާ ދެމެހެއްޓުމުގެ ގޮތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް