ads
ރައީސް މުއިއްޒު: ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރަން ބާރު އެޅުއްވުމުން ގިނަ ބަޔަކު ދަނީ ރައީސްއަށް ތައުރީފުކުރަމުން - ފޮޓޯ:ރައީސް އޮފީސް
ޖަމާއަތުގައި ނަމާދު ކުރަން ބާރު އެޅުއްވުމުން ރައީސް މުއިއްޒަށް ތައުރީފު
ފަރުޟު ފަސް ނަމާދު ޖަމާއަތުގައި ކުރަން ބާރު އެޅުއްވުމުން ގިނަ ބަޔަކު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތައުރީފުކޮށްފި އެވެ.
Advertisement

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަމާދު އޭގެ ވަގުތުގައި ގާއިމުކުރާ ބަޔަކަށް ދިވެހީން ވުމަށް ނަސޭހަތްތެރިވެވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ފަރުޟު ފަސް ނަމާދަކީ މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބު ކަމަށާއި ނަމާދު އޭގެ ވަގުތުގައި ގާއިމުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް މިގޮތަށް ނަސޭހަތްތެރިވެ ވަޑައިގެންނެވުމާ އެކު، އެކި ފަރާތްތަކުން ވަނީ އެމަނިކުފާނުގެ ވާހަކަފުޅަށް ތައުރީފު ކުރައްވާފަ އެވެ. 

އެގޮތުން މީސްމީޑިއާގައި ޝުއޫރު ހިއްސާކޮށް ބައެއް މީހުން ބުނެފައި ވަނީ މީގެ ކުރިން އާާންމުކޮށް ނަމާދަށް ރައްކާތެރިވުމަށް ގޮވާލާ އަޑު އިވެނީ ޝޭހުންގެ ފަރާތުން ކަމަށެވެ. ނަމަވެސް ގައުމުގެ ވެރިޔާގެ މަގާމުގައި ހުންނަވާ ރައީސް މުއިއްޒު ނަމާދަށް ރައްކާތެރިވުމަށް އިލްތިމާސް ކުރެއްވުމުން ދޭހަވަނީ އެ މަނިކުފާނު ދީނީ ކަންކަމަށް ފަރުވާތެރިވާ މިންވަރު ކަމަށް އެ ފަރާތްތަކުން ފާހަގަކުރެ އެވެ.

މީގެ އިތުރުން މިއީ ގައުމާއި ރައްޔިތުން ދެކެ އެމަނިކުފާނު ވެވަޑައިގަންނަވާ ލޯބި ރަމްޒުކޮށްދޭ ވާހަކައެއް ކަމުގައި ފާހަގަކޮށް، ރައީސްގެ އެ ނަސޭހަތުގެ ބަސްކޮޅަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ރޭގެ ޖަލްސާގައި ނަމާދު ކުރުމަށް ބާރުއަޅައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ހާއްސަކޮށް، ފަތިސްނަމާދުގެ ޖަމާއަތް ހީނަރުވިޔަ ނުދެއްވުމަށް ގޮވާލައްވާފަ އެވެ. އަދި ނަމާދުގެ ޖަމާއަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯވެއްޖެ ނަމަ މި ގައުމު ނިކަން ވަރުގަދަވެ، ބާއްޖަވެރި ވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް