ސޯޝަލް ސެންޓަރުގައި ބޭއްވެވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ އިސްލާމްދީނަށް ނަސްރުދީ އިސްލާމްދީނުގެ މާތް ސިފަތަކަށް ހުރިހާ ދިވެހީން އަހުލުވެރިވުން ކަމަށެވެ.
ނަމާދުގެ ޖަމާއަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯވެއްޖެނަމަ ގައުމަށް ބާއްޖަވެރިކަމާއި އުފާވެރިކަން ލިބި ގައުމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި އިސްލާމީ ނޫރާއި ދީނީ އަގީދާ ވަރުގަދަ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައިވެ އެވެ.