ads
ހައްޖު ކޯޕަރޭޝަނުގެ އުމްރާވެރިއެއް ވީއައިއޭގައި - ފޮޓޯ:މޯލްޑިވްސް ހައްޖު ކޯޕަރޭޝަން
ވީއައިއޭގައި ތޮއްޖެހުން ބޮޑުވާތީ ސަމާލުވާން އެމްއޭސީއެލުން އިލްތިމާސްކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތޮއްޖެހުން ބޮޑުވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.

އެމްއޭސީއެލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ދުވަސްވަރަކީ ފަތުރުވެރިކަމުގެ އެންމެ ޕީކް ދުވަސްވަރަށް ވުމާ އެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭން ގިނަ އަދަދެއްގެ އުމްރާވެރިން މި ދުވަސްވަރު އުމްރާގެ އަޅުކަމަށް ފުރުމަށް ހަމަޖެހިފައިވުމާ އެކު، އެ ފަރާތްތައް ފުރާ ވަގުތުތަކުގައި ވީއައިއޭގެ ތޮއްޖެހުން ބޮޑުވާކަން އެމްއޭސީއެލުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި މި ދުވަސްވަރަކީ މި އަހަރުގެ ސްކޫލުތަކުގެ ކިޔެވުން ނިމި، ޗުއްޓީއަށް އެތައް ބަޔަކު ފުރާ ދުވަސްވަރަށް ވާތީ ވީއައިއޭއަށް އިތުރަށް ބާރުބޮޑުވާތީ، އޮމާންކަމާ އެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ފުރާ މީހުންނާ އެކު ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލުން ވަނީ އެދިފަ އެވެ.

ރާއްޖޭގައި އުމްރާއަށް މީހުން ފޮނުވާ އެތަކެއް ގްރޫޕެއް އޮންނައިރު، އެ ގްރޫޕްތަކުން ދަނީ ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަން ކުރަން ގެންދަމުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް