ads
ޓޮމް ލޮކްޔާ
ހިތްހުއްޓިގެން ވެއްޓުނު ޓޮމް ލޮކްޔާގެ ހާލު މިހާރު ސްޓޭބަލް
އިނގިރޭސި ޕްރިމިއަ ލީގުގައި ބޯންމައުތާ ލުޓަން ޓައުން ބައްދަލުކުރި މެޗުގެ ތެރެއިން ހިތް ހުއްޓިގެން ވެއްޓުނު، ލުޓަންގެ ކެޕްޓަން ޓޮމް ލޮކްޔާގެ ހާލު މިހާރު ސްޓޭބަލް ކަމަށް އެ ކްލަބުން ބުނެފިއެވެ.

ލޫޓަންގެ ކެޕްޓަން ލުޓަންގެ ޓޮމް ލޮކްޔާގެ ހިތް ހުއްޓިގެން ވެއްޓުމުން ރޭ ކުޅުނު މެޗު ވަނީ މެދު ކަނޑާލާފައެވެ. ރޭ ބޯންމައުތުގެ ދަނޑުގައި އެ ޓީމާއި ލުޓަން ޓައުން ބައްދަލުކުރި މެޗުގައި ޓޮމް ލޮކްޔާގެ ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނީ މެޗުގެ ދެވަނަ ހާފުގައެވެ. އެއާއެކު، މެޗު ހުއްޓާލައި، ވަގުތުން އޭނާއަށް ފަރުވާ ދޭން ފެށިއެވެ. ދެ ޓީމުގެ މެޑިކަލް މީހުންގެ މަސައްކަތުން އޭނާ އަލުން ނޭވާ ލައްވައި ހަމަޔަކަށް އެޅުވައި ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށް ޓީމުން ފަހުންވަނީ ބުނެފައެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ވެއްޓުނު އިރު ނަތީޖާއަކީ 1-1 އެވެ. މި ހާދިސާ ހިނގިއިރު، މެޗުގެ 65 މިނިޓް ކުޅެވިފައިވާއިރު، ފަހު ބައި ނުކުޅެ މެޗު ހުއްޓާލަން އޮފިޝަލުންވަނީ ނިންމާފައެވެ.

މިދިއަ ސީޒަންގައި ޕްރިމިއަ ލީގަށް ލުޓަން އެރީ ޕްލޭ އޮފްގެ ފައިނަލް މެޗުގައި ކޮވެންޓްރީ ސިޓީ ބަލިކޮށްފަ އެވެ. އެ މެޗުގައި ވެސް ލޮކްޔާ ނޭވާ ހުއްޓިގެން ވެއްޓުނެވެ. އެއާ ގުޅިގެން ހިތުގެ އޮޕަރޭޝަނެއް ކޮށް އަލުން ކުޅެން ނުކުތީ ހުރިހާ ކަމެއް ރަނގަޅު ކަމަށް ބަލައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް