ads
ސަލާހް
ސަލާހަށް އަނެއްކާވެސް ބިޑުކުރަން ސައުދީން ތައްޔާރުވަނީ
ސައުދީ ޕްރޯ ލީގުން އަނެއްކާވެސް ލިވަޕޫލްގެ މުހައްމަދު ސަލާހަށް ބޮޑު ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، އަންނަ ޖެނުއަރީ ޓްރާންސްފާގައި ސަލާހްގެ ސޮއި ހޯދުމަށް ބޮޑު ހުށަހެޅުމެއް ހުށަހެޅުމަށް ސައުދީ ޕްރޯ ލީގުގެ ކްލަބަކުން އަންނަނީ ތައްޔާރުވަމުންނެވެ. 

މިދިޔަ ޓްރާންސްފާގައި އަލް އިއްތިހާދު ވަނީ ޓްރާންސްފާ ވިންޑޯގެ ފަހުކޮޅު ސަލާހު ހޯދުމަށް 200 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހަޅާފައެވެ. އެހެންނަމަވެސް އެ ހުށަހަޅުމަށް ސަލާހް ނޫނެކޭ ބުނުމުން، އަނެއްކާ އެއަށްވުރެ ބޮޑު ހުށަހެޅުމެއް ހުށަހަޅަން ތައްޔާރުވީއެވެ.

ލިވަޕޫލްގެ ކޮންޓްރެކްޓްގައި އަދި ބާކީ އަހަރެއް އޮތް އިރު، ސަލާހް ހޯދުމަށް ސައުދީން އަންނަނީ ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އުމުރުން 31 އަހަރުގެ ސަލާހަކީ، އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މި އަހަރު ނޮމިނޭޓްވީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެއް ކުޅުންތެރިޔާއެވެ.

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް