ads
އޭސީސީގެ މެންބަރުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ފްލެޓް މައްސަލައިގެ ތަހުގީގަށް އޭސީސީން ބަޔާން ނަގަން ފަށައިފި
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާކަމެއް އޮތްތޯ ބެލުމަށް ހިންގާ ތަހުގީގަށް ބަޔާން ނަގަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފަށައިފި އެވެ.

އޭސީސީން ބުނީ އެ މައްސަލައިގައި، ތަހުގީގަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް އެކޮމިޝަނުން ނަގަމުން އަންނަ ކަމަށެވެ.

އޭސީސީ އިން ބުނީ މިނިސްޓްރީން ގެދޮރުވެރިޔާ ޕޯޓަލްއަށް އެކްސެސް ދިން ފަހުން ތަހުގީގު ހަލުވިކަމާއެކު ކުރިއަށް ދާކަމަށެވެ.

އޭސީސީން ބުނީ، އެއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް