ads
ކަރަންޓުގެ ހަރަދު ކުޑަ ކުރެވޭނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރެވިގެން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި - ފޮޓޯ:ސްޓެލްކޯ
ކަރަންޓުގެ ހަރަދު ކުޑަ ކުރެވެން އޮތް މަގަކީ ސޯލާ: ފަހުމީ
ކަރަންޓުގެ ހަރަދު ކުޑަ ކުރެވޭނީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރެވިގެން ކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.
Advertisement

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ގޮތަކީ އަވިން ހަކަތަ އުފައްދާ ސޯލާ ބޭނުން ކުރުން ކަމަށް ދެކިލައްވާ ކަމަށެވެ.

ފަހުމީ ވިދާޅުވެފައި ވަނީ ސޯލާ ޖަހަން ޖެހޭނީ ކަނޑުގައި ކަމުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެކަމަކީ ބޮޑު އިންވެސްޓެއް ކަމަށާ އަދި މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި ގަދަ ކަނޑެއްގައި ސޯލާ ޖަހައި ޓެސްޓް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ސްޓެލްކޯގެ ދަށުން ހިނގާ ހަތަރު އަތޮޅެއްގެ 30 ރަށް އޮތުމާ އެކު، އެ ރަށްތަކުގައި މި މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތްކޮށް މަދުވެގެން ދުވާލުގެ 12 ގަޑިއިރު ސޯލާ ބޭނުން ކޮށްގެން ކަރަންޓު ދެވިދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ގަބޫލު ކުރަނީ އެ ރަށްތަކުގައި އަޅުގަނޑުމެންނަށް މި ކަންތައް ކުރެވިދާނެ ކަމަށް. އެޓްލީސްޓް ދުވާލުގެ ބާރަގަޑިއިރު ސޯލާ ބޭނުންކޮށްގެން ކަރަންޓު ދެވިދާނެ ކަމަށް،" - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި މީގެ ކުރިން ގިނަ ފަހަރު ސޯލާ އިންވެސްޓް ކުރަނީ ބޭރުގެ އިންވެސްޓަރުން ކަމުގަ އެވެ. ނަމަވެސް އެ ފުރުސަތު ދިވެހިންނަށް ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ފަހުމީ ވިދާޅުވި އެވެ. ސަބަބަކީ ކުދި ރަށްރަށުގެ އިންވެސްޓް ކުރުމަށް މާ ބޮޑު ހަރަދުތަކެއް ނުދާނެތީ މިކަން ދިވެހި އިންވެސްޓަރުންނަށް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ސްޓެލްކޯއިން ގަސްދު ކުރަނީ އެ ފުރުސަތު ދިވެހިންނަށް ހުޅުވާލަން ކަމަށާއި ދިވެހި ކުންފުނިތަކާއި ވިޔަފާރިވެރިން މިކަމުގައި ބައިވެރި ކުރުވުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފަހުމީ ވިދާޅުވެފައި ވަނީ ސްޓެލްކޯގެ ހަރަދުގައިވެސް ސޯލާޖެހުމުގެ މަސައްކަތް ކުރަން ވިސްނާ ކަމަށެވެ. ނަމަވެސް އެ ފުރުސަތު ވިޔަފާރިވެރިންނަށްވެސް ދިނުމަށް ގަސްދު ކުރެއްވީ ހުރިހާ ރަށެއްގައި ސްޓެލްކޯއަށް މިވަގުތު އެކަން ކުރެވެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް