ads
އެމްޓީސީސީ ފެރީ - ފޮޓޯ: އެމްޓީސީސީ
އެއްވެސް ކަސްޓަމަރެއްގެ އަތުން ތަކުރާރުކޮށް ފައިސާ ކެނޑިފައެއް ނުވާނެ: އެމްޓީސީސީ
ކަސްޓަމަރުންގެ އަތުން ޑަބަލްކޮށް ފައިސާ ނެގިފައި ނުވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސިން ފޯރުކޮށް ދެމުންއައި ބަސް އަދި ފެރީގެ ހިދުމަތަށް ފައިސާ ދެއްކުމަށްޓަކައި "ޓެޕް ޓު ޕޭ" ނުވަތަ ކޮންޓެކްޓް ކާޑު ބޭނުން ކުރައްވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އެކުންފުނިން ޓްވީޓެއް ކޮށްފައިވެއެވެ.

އޭގައި އެ ކުންފުނިން ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން 10 ޑިސެމްބަރާއި 14 ޑިސެމްބަރާއި ދެމެދު ބަހާއި މާލެ ފެރީ ހިދުމަތުގައި ކާޑު ބޭނުންކޮށްގެން ރެކޯޑްކޮށްފައިވާ ޓްރާންސެކްޝަންތައް ސާވިސް ޕްރޮވައިޑާގެ ސާވާގައި ކިޔުވެފައި ހުރުމުގެ ސަބަބުން ޓްރާންސެކްޝަންތައް ވެރިފައިވުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް އެ ކުންފުންޏަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. 

އަދި އެ މުއްދަތުގެ ތެރޭގައި އެމްޓީސީސީގެ މާލޭ ސަރަހައްދުގެ ފެރީއާ ބަހުގެ ހިދުމަތް ބޭނުން ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފައިސާ ކެނޑުނުކަމުގެ ނޮޓިފިކޭޝަން މެސެޖު ލަހުން ލިބިފައިވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އާއި އެ ޓްރާންސެކްޝަންތަކަކީ އެކި ދުވަސްމަތީން އެކިފަހަރު ކޮށްފައިވާ ދަތުރުތަކުގެ ޓްރާންސެކްޝަންތަކެއް ކަމުގައިވާތީ، ކަސްޓަމަރުންގެ ފޯނަށް އެއްފަހަރާ ކައިރިކައިރިން ޓްރާންސެކްޝަންތައް ވެރިފައިވީކަމުގެ ނޮޓިފިކޭޝަން މެސެޖްތަށް ގޮސްފައި ހުރިކަން ފާހަގަ ކުރެވޭކަމަށެވެ.

ނަމަވެސް މިހާތަނަށް އެ ކުންފުނިން ބެލިބެލުމުން އެއްވެސް ކަސްޓަމަރެއްގެ އަތުން ހިދުމަތަށް ދެފަހަރަށް ފައިސާ ކެނޑިފައި ނުވާކަމަށާ، ޓްރާންސެކްޝަންތަކާ ގުޅިގެން އެއްވެސް މައުލޫމާތެއް ހޯއްދަވަން ބޭނުންނަމަ އެކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެދިފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް