ads
ރައްޔިތުންގެ މަޖިލިސް
ޑިސެމްބަރު 28 އަށް މަޖިލިސް ދައުރު ދިގު ދަންމާލައިފި
ހިނގަމުން މިދާ ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މި މަހުގެ 28 ވަނަ ދުވަހާ ހަމަ އަށް ދިގު ދައްމާލުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރު އިތުރު ކުރުމާމެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ފާސްވީ ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

މިއީ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. 

މި ދައުރުގެ މުއްދަތު އިތުރު ކުރުމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެކުލަވާލާފައިވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސަ ފެށުމާއެކު ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ ނިޒާމީ މައްސަލައެއް ނަންގާވާ މަޖިލީހުގެ މިއަދުގެ އެޖެންޑާގައިވާ މައްސަލައެއް ފާހަކޮށްފަ އެވެ. އެގޮތުން ހިސާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާ ކޮށްފައިވާ އިރު ރައީސް ޑރ. މުއިއްޒު ސަރުކާރުގައި އަލަށް އުފެއްދި ވުޒާރާތަކުގެ މަސްއޫލިއްޔަތު ނުވަތަ މެންޑޭޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.

ހިސާން ވިދާޅުވީ ވަޒީރުންނަށް ރުހުން ދެވޭނީ އެ ވަޒީރުން ހާވާލުވާ ވުޒާރާގެ މެންޑޭޓު ސާފުވެގެން ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ފޮނުވި އިރު އެބައި ހިމަނާފައި ނުވެ އެވެ. 

ހިސާން މި މައްސަލަ ނެގުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަސްލަމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިގަނެފަ އެވެ. އަސްލަމް ވިދަޅުވީ ހިސާން ނަންގަވާފައިވާ ނިޒާމީ މައްސަލައިގާވާ ގޮތުގެ މަތިން ކޮމިޓީީ ރިޕޯޓް އެކުލަވާލައިފާ ވަނީީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ. 



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް