ads
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް - ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށިން އިތުރު ދެމީހެއްގެ ގައިން ފައިލޭރިއާ ބަލި ފެނިއްޖެ
ކުޅުދުއްފުށިން އިތުރު ދެމީހެއްގެ ގައިން ފައިލޭރިއާ ބަލި ފެނިއްޖެ އެވެ.

އެ ރަށުން އެންމެ ފުރަތަމަ މި ބަލީގެ ކޭސްތައް ފާހަގަވީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ. އެ ކޭމްޕުގެ ތެރެއިން 16 ކޭސްއެއްވަނީ ވަނީ ފާހަގަވެފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު މޫސާ ވިދާޅުވީ ފަހުން ހެދި އެންޓި-ޖެން ޓެސްޓުތަކުން އިތުރު ދެ މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު 19 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްޔަށް ޕޮޒިޓިވްވީ އިންޑިއާ ބައެކެވެ. އެ އެންމެންނަކީ ވެސް ކޮންސްޓްރަކްޝަން މަސައްކަތަކަށް އެ ރަށަކަށް މި ފަހުން ދިޔަ، ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ. ފަހުން ފައިލޭރިޔާ ޖެހުނީ ވެސް، އެ މީހުންނާ އެއްކޮށް އުޅޭ އިންޑިއާ ދެ މީހުންނަށެވެ.

ފައިލޭރިއާ އަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. 2016 ވަނަ އަހަރު ރާއްޖެއިން އެ ބަލި ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ދީފަ އެވެ. އެއީ އާބާދީގެ އެކެއް އިންސައްތައަށްވުރެ ކުޑަކޮށް ފައިލޭރިއާ ހުރި ގައުމުތަކަށް ނުވަތަ ފައިލޭރިއާއަކީ ރާއްޖޭގެ އާންމު ސިއްހަތަށް ހުރި މައްސަލައެއް ނޫންކަން އަންގައިދޭ ލިޔުމެވެ.

ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ. އެ ކޭސްއާއި ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް ފަސް އަހަރު ވަންދެން ބޭސް ދެވުނުވެ. އޭގެ ފަހުން 2008 ވަނަ އަހަރުން ފެށިގެން ކުރި ސާވޭގައި ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިފައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް