ads
ރޭ އާސެނަލް ކުޅުނު މެޗުގެ ތެރެއިން
އާސެނަލް އަލުން އެއްވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް އާސެނަލް އަލުން އަރައިފިއެވެ.

އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ރޭ 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ދެވަނަ ހާފުގައި އާސެނަލް އަށް ގޯލުތައް ޖަހައިދިނީ ގެބްރިއެލް ޖެސުސް އާއި ކައި ހަވާޓްޒް އެވެ. އެ މެޗާއެކު އާސެނަލް އެއްވަނައަށް އެރިއިރު، ލިވަޕޫލުން ރޭ ޔުނައިޓެޑު އަތުން މޮޅުވި ނަމަ އެ ޓީމަށް އެއްވަނަ ލިބުނީހެވެ. އެހެންނަމަވެސް ލިވަޕޫލްއަށް ޔުނައިޓެޑު ކައިރިން މޮޅުވެވޭ ގޮތް ނުވުމުން އާސެނަލްއަށް އެއްވަނަ ލިބުނީއެވެ.

މި ނަތީޖާއާ އެކު އާސެނަލް އެއްވަނައިގައި އޮތީ 17 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ވަނީ 38 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް އޮތީ 28 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. ޔުނައިޓެޑްގެ ފަހަތުގައި އަށްވަނައިގައި އޮތީ 27 ޕޮއިންޓް ހޯދާފައިވާ ވެސްޓް ހޭމް ޔުނައިޓެޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް