ads
ރައީސް މުއިއްޒު: މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވަނީ އުފައްދަވާފައި - ފޮޓޯ:ރައީސް އޮފީސް
ރައީސް، "މޯލްޑިވްސް ޒަކާތު ހައުސް" މިއަދު އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ''މޯލްޑިވްސް ޒަކާތު ހައުސް'' ގެ ނަމުގައި އިދާރާއެއް އުފައްދަވައިފި އެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފައްދާ، އެ އިދާރާ، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގުމަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައިވެ އެވެ. 

ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް އެންމެ ފުރިހަމަ ގޮތުގައި ލިއްބައިދީ ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ތަރައްގީީ ކޮށް، ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް އުފެއްދީ ކަމަށްވެސް އެ ދެންނެވުމުގައިވެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުން ކުރަން ސަރުކާރުން ނިންމާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 ކަމުގައިވެ އެވެ. 

މީގެ އިތުރުން މޯލްޑިވްސް ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސާބު އިއުލާނު ކުރުމާއި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން، ޒަކާތު ފަންޑު ތަރައްގީކޮށް ކުރިއެރުވުމާއި ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް