ads
4 އަހަރަށް ފަހު ނިހާރިކާ އެނބުރި ސްކްރީނަށް
ހަތަރު އަހަރަށް ފަހު އަނެއްކާ ވެސް ނިހާރިކާ ކޮނިޑެލާގެ ސްކްރީނުން ފެނިގެންދާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނިގޮތުގައި 2019 އަހަރަށް ފަހު ނިހާރިކާ ކުޅޭ ފުރަތަމަ ފިލްމު ވަޓް ދަ ފިޝް ރިލީޒް ކުރުމަށް ނިންމާފައިވަނީވެސް ނިހާރިކާއަށް ވަރަށް ހާއްސަ ދުވަހަކު އެވެ. އެއީ އޭނާގެ އުފަން ދުވަހު އެވެ

މި ފިލްމުން ނިހާރިކާ ފެނިގެން ދާނީ އަކްޝްތަލަޝްމީ (އަޝް) ގެ ރޯލުންކަން ވަނީ ހާމަކޮށްފަ އެވެ. ބެޖެވެލް ހެދުމެއްގައި ޑޮލަރު ނިޝާނެއް ކައިރީގައި ހިނގާފައި ދާ މަންޒަރު ވަނީ ވަރަށް ކަމުދާ މަންޒަރަކަށްވެފައެވެ. އަދި އެމަންޒަރު ބޭނުންކޮށްގެން  ޕޯސްޓެއް ވެސް ހަދާފަ އެވެ.

މި ފިލްމްގެ ޑައިރެކްޓަރު ވަރުން ކޮރުކޮންޑާ އާއެކު ކޮށްފައިވާ ޓްވީޓެއްގައި ނިހާރިކާ ތައުރީފުކޮށް ބުނެފައި ވަނީ ''ކާންޓް ވެއިޓް ފޯ ދަ އޯޑިއަންސް ޓު ސީ ޔޫ އޭޒް އަޝް'' އަދި އެ ޕްރޮޖެކްޓަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ވަޓް ދަ ފިޝް ނަމަކަށް ކިޔާ މި ފިލްމުން ނިހާރިކާ ފެނުން ވާނީ ނިހާރިކާގެ ފޭނުންނާ އޭނާގެ އާއިލާއަށް ނުހަނު ބޮޑު އުފަލަކަށެވެ.

ނިހާރިކާގެ އިތުރުން އޭނާ އާއިލާގެ ބައެއް އެހެން މެންބަރުންވެސް ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް