ads
ރައީސް މުއިއްޒު: ކުރިއަށް އޮތް ތަނުގައިވެސް ފެންނާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އަދި އަމާނާތްތެރިކަން ކަމަށް ވިދާޅުވި - ފޮޓޯ:ރައީސް އޮފީސް
ދެންވެސް ފެންނާނީ އިހްލާސްތެރިކަން، ތެދުވެރިކަން، އަމާނާތްތެރިކަން: ރައީސް
ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް މި ސަރުކާރުން ފެންނާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އަދި އަމާނާތްތެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރަސްމާލެ" ތަރައްގީކުރަން ފުށިދިއްގަރު ފަޅު ހިއްކަން ފެށުން ފާހަގަކުރުމުގެ ގޮތުން އެ ފަޅުގައި ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންނަށް މި ސަރުކާރުން ފެންނާނީ އިހްލާސްތެރިކަމާއި ތެދުވެރިކަމާ އަދި އަމާނާތްތެރިކަން ކަމަށެވެ.

"ރައްޔިތުންނާއި އެކީގައި ރައްޔިތުން ބޭނުންވާ ތަރައްގީ، ރައްޔިތުން ބޭނުންވާ ދުވެލީގައި، ރައްޔިތުންގެ ވިންދާއި އިހުސާސާ އެއްގޮތަށް ގެނެސްދޭ ސަރުކާރެއް މިއީ. އެގޮތުގައި އަޅުގަނޑުމެން ދާއިމަށް ދެމިތިބޭނެ ވާހަކަ ހަމަ ރައްޔިތުންނަށް އަމަލީގޮތުން ދައްކަމުން ދާނަން،" - ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ވައުދުވި ގޮތަށް އަމިއްލަ ގެދޮރު ބިނާކުރުމަށްޓަކައި ސަރުކާރުން ލޯނު އެހީ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް ކަމަށެވެ. އެގޮތުން އެކި ކަހަލަ ހައުސިން ލޯނުތައް ދޫކުރުމަށް ބޭންކިން ނިޒާމުގެ ތެރެއިން ފަހިކުރަން ޖެހޭ ކަންކަން ހަމަޖައްސައި އެ ކަންކަން އިއުލާނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފަސް އިންސައްތައަށް ވުރެ ކުޑަކޮށް ދޫކުރާ ލޯނުތައް ދޫކުރުމަށްޓަކައި ކުރަން ޖެހޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، ރައްޔިތުންނަށް ބޭނުންވާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް