ރަސްމާލެ ހިއްކުމުގެ ރަސްމިއްޔާތާ ގުޅިގެން މިއަދު އެކްސްގައި އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ރައީސް މުއިއްޒު ފައްޓަވައިދެއްވި މަޝްރޫއަކީ މިހާތަނަށް ދިވެހީންގެ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.
މި މަޝްރޫއު ނިމިގެންދާއިރު ދިވެހީންގެ ރާއްޖޭން ފެނިގެން ދާނީ އަމާން، ރައްކާތެރި، ހިތްފަސޭހަ ހުރިހާ ގޮތަކުން ފައްކާވެފައިވާ ފުރިހަމަ ރަސްމާލެއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގައި ގިނަގުނަ ކާމިޔާބީ ލިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.