ads
ފައިލޭރިއާ އާ ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައިފި
ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޓާސްކް ފޯހެއް އެކުލަވާލައި، ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ހަރުދަނާކޮށްފި އެވެ.

ކުޅުދުއްފުށީގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަމާ ބެހޭ އެހެން ފަރާތްތައް ހިމެނޭހެން އެ ރަށު ހޮސްޕިޓަލުން މިހާރު ޓާސްކް ފޯހެއް އުފައްދައި، އެ ބައްޔާ ބެހޭ މައުލޫމާތު ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ފައިލޭރިއާއަށް ހޭލުންތެރި ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ބައްޔާ ބެހޭ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި މީޑިއާތަކަށް ހާއްސަކޮށްގެން މައުލޫމާތު ދީފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ބިދޭސީންނަށް އެނގޭފަދަ ބަހަކުން ޕޯސްޓަރުތައް ހަދައި މައުލޫމާތު ފޯރުކޮށްދިނުމަށް ރާވާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އަދި ބައްޔާ ގުޅޭ ގައިޑްލައިނެއް އެކުލަވާމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ އެޖެންސީން މައުލޫމާތުދެ އެވެ.

ފައިލޭރިއާގެ ކޭސްތަކެއް ފެނުމާ އެކު ކުޅުދުއްފުށީގައި ދަނީ ސްކްރީނިން އާއި މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް