ads
ބަންގްލަދޭޝްގެ ލޭބަރުން ގެނައުމަށް ގާނޫނީ ހުރަހެއް ނެތް
ރާއްޖެއަށް އިތުރު ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބާރސް ގެނައުމަށް ގާނޫނީ ހުރަހެއް ނެތްކަމަސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެ އެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ގާނޫނުގައި ބުނާ އަދަދަށް ބަންގްލަދޭޝަން މީހުން މިވަގުތު ރާއްޖޭގައި މަސައްކަތް ކުރަމުން ނުދާ ކަމަށެވެެ.

އިހުސާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ، 90،624 މަސައްކަތްތެރިންކަމަށެވެ. 

އެ މައުލޫމާތު އެއްކޮށްފައިވަނީ އިމިގްރޭޝަންގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމްގެ ތެރެއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކަމާބެހޭ އިދާރާތަކުން ނެރޭ ތަފާސްހިސާބުތަކާއި މައުލޫމާތުގައި ހިމަނާފައިހުންނަނީ، މަސައްކަތްތެރިންގެ ގޮތުގައި ރެޖިސްޓަރކޮށް ރާއްޖެއަށް މީހުން އެތެރެވާ މީހުންގެ އަދަދުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

 ރާއްޖެއަށް އުސޫލުގެ ތެރެއިން މީހުން އެތެރެ ކުރިނަމަވެސް، ވަރަށް ގިނަ މީހުންނަކީ ގަވައިދުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކުރާ މީހުންކަމަށާ، އަދި ބިދޭސީން ރާއްޖެ ދޫކޮށް ދިއުމުންވެސް އެމީހުން ރާއްޖެ ގެންނަ މީހުން، އެ މަޢުލޫމާތު ރެޖިސްޓާ ކުރަން ހުށަނާޅާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ލީގަލްކޮށްވިއަސް އިލީގަލްކޮށްވިއަސް ރާއްޖޭގައި ތިބި ޖުމްލަ އަދަދަކީ 90624 ބަންގްލަދޭޝަން މީހުން. އެއީ ގާނޫނު ބުނާ އަދަދަށްވުރެ މަދު އަދަދެއް. އެހެންވީމަ މިހާރު ދީފައިވާ ހުއްދައަށް އަދި ގާނޫނަށް ފުށުނާރާ." އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، ބިދޭސީއެއް ރާއްޖެއިން ވަޒީފާ ދޫކޮށް ފުރައިގެން ދިޔަނަމަވެސް އޭނާގެ މައުލޫމާތު އަޕްޑޭޓްނުކުރާހާ ހިނދަކު އެކްސްޕެޓް ސިސްޓަމުން ދައްކާނީ އެއީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ރެޖިސްޓަރު ކޮށްފައިވާމީހެއްގެ ގޮތުގައިކަމަށެވެ.

 ބިދޭސީންގެ ކަންކަން ގަވައިދުން ބަލަހައްޓަނީ ގާތްގަނޑަކަށް އިންސައްތަ މީހުންކަމަށްވެސް އިހުސާން ވިދާޅުވެއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް